ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް އިސްތިއުފާ ދެއްވި ކަމަށް ފަތުރަނީ ދޮގު ހަބަރެއްކަން ރައީސް އޮފީހުން ކަށަވަރު ކޮށްދެއްވައިފިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމުން ހަލީލު އިސްތިއުފާ ދެއްވައިފިކަމަށް ސޯޝަލް މީޑިއާ އިންފްލުއެސަރ ހަސަން ކުރުސީއާއި ބައެއް ނޫސްތަކުން ވެސް ވަނީ ބުނެފައެވެ.
ނަމަވެސް މިއީ ދޮގު ޚަބަރެއްކަމަށް މިނިސްޓަރ ހަލީލް ވަނީ ”ސައުވީސް“ އަށް ޔަގީންކޮށްދެއްވާފައެވެ.
ހަލީލު އިސްތިއުފާ ނުދެއްވިނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ.
އެގޮތުން މިއަދުގެ މިހާތަނަށް ގިނަ މިނިސްޓަރުންތަކެއް ވަނީ އިސްތިއުފާ ދެއްވާފައި، ނުވަތަ މަގާމުން ވަކިކުރައްވާފައެވެ.
މިއަދުގެ މިހާތަނަށް ވަކިވެފައިވާ މިނިސްޓަރުންނަކީ:
° ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
° ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
° ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
° ސޯޝަލް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
° ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް
° އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
° ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)
° ޓޫރިޒަމް މިނިސްޓަރ ޠާރިގު އިބްރާހިމް
° ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އަލީ ހައިދަރު
މިފަހުން ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވެސް ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ.
އެގޮތުން:
° އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
° މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
° އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
° އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި
° ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިޔުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ މިއަދު ވަނީ އައްޔަނުކޮށްފައެވެ.



