ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން މިއަދު އަލަށް އެކުލަވާލި އާ ކެބިނެޓާއެކީ، ޓޫރިޒަމް މިނިސްޓްރީގެ ނަން އަނެއްކާވެސް ބަދަލުކޮށް މިނިސްޓަރަކަށް މުހައްމަދު އަމީން ހަމަޖައްސަވައިފިއެވެ.
މި ސަރުކާރުން ޓޫރިޒަމް މިނިސްޓްރީގެ ނަން ކުރިން ބަދަލު ކޮށްފައިވަނީ، އެންވަޔަމަންޓް މިނިސްޓްރީއާ ގުޅުވާލާފައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓަށެވެ. އަދި އެއިރު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް އެ މަގާމުން ވަކިކުރައްވާ، ޠާރިގު އިބްރާހިމް އެ މިނިސްޓްރީގެ މިނިސްޓަރު ކަމަށް އައްޔަނު ކުރިއެވެ.
ނަމަވެސް ސަރުކާރުގެ ކެބިނެޓަށް މިއަދު ގެންނެވި ބަދަލާއެކު ޓޫރިޒަމް މިނިސްޓްރީގެ ނަން ”މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން“ އަށް ބަދަލު ކުރައްވައި، ކުރިން ޓްރާންސްޕޯޓު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން ވަނީ އެ މިނިސްޓްރީގެ މިނިސްޓަރަކަށް ހަމަޖައްސަވާފައެވެ.
އާ ކެބިނެޓުގެ މިނިސްޓަރުންނަކީ:
° މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް- މޫސާ ޒަމީރު
° މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ- ޢަލީ އިޙުސާން
° މިނިސްޓަރ އޮފް ފޮރިން އެފެއާޒް- އިރުތިޝާމް އާދަމް
° މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވޮލޮޕްމެންޓް- ޑރ. އިސްމާޢީލް ޝަފީޢު
° މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ- ޤީލާ އަލީ
° މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް- މުޙައްމަދު ސަޢީދު
° މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
° މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން- މުޙައްމަދު އަމީން
° މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް- ޢަބްދުﷲ ރާފިޢު
° މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް- ހީނާ ވަލީދު
° މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް- ޢަބްދުﷲ މުއްޠަލިބް
° މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ- ޢަލީ ޝަރީފް




