ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން މިއަދު އަލަށް އެކުލަވާލި އާ ކެބިނެޓާއެކީ، ޓްރާންސްޕޯޓް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް މުހައްމަދު ސައީދު އަލުން އައްޔަނު ކުރައްވައިފިއެވެ.
މިއާއެކު އެ މިނިސްޓްރީގެ ނަން ރައީސް ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑްއަށް ބަދަލުކުރައްވާފައެވެ.
ސަރުކާރުގެ ކެބިނެޓަށް މިއަދު ގެނައި ބަދަލާއެކީ، ކުރިން ތިއްބެވި 10 މިނިސްޓަރަކު ވަނީ އިސްތިއުފާ ދެއްވާފައި ނުވަތަ މަގާމުން ވަކިކުރައްވާފައެވެ. އެއާއެކު އާ ކެބިނެޓެއް ވެސް މިހާރުވަނީ އެކުލަވާލާފައެވެ.
އާ ކެބިނެޓުގެ މިނިސްޓަރުންނަކީ:
° މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް- މޫސާ ޒަމީރު
° މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ- ޢަލީ އިޙުސާން
° މިނިސްޓަރ އޮފް ފޮރިން އެފެއާޒް- އިރުތިޝާމް އާދަމް
° މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވޮލޮޕްމެންޓް- ޑރ. އިސްމާޢީލް ޝަފީޢު
° މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ- ޤީލާ އަލީ
° މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް- މުޙައްމަދު ސަޢީދު
° މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
° މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން- މުޙައްމަދު އަމީން
° މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް- ޢަބްދުﷲ ރާފިޢު
° މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް- ހީނާ ވަލީދު
° މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް- ޢަބްދުﷲ މުއްޠަލިބް
° މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ- ޢަލީ ޝަރީފް




