ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ނަތީޖާ އެއްވަރުވި ދާއިރާތަކުގައި ދެވަނަ ބުރުގައި ވޯޓުލުން ވޯޓުލާ ހުރިހާ މަރުކަޒެއްގައިވެސް މިހާރު ފަށައިފިއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ކައުންސިލް ދެ ގޮނޑިއާއި އަންހެނުންގެ ކޮމިޓީގެ 3 ގޮނޑިއަކަށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.
މިއަދު ވޯޓްލާ ކައުންސިލް ގޮނޑިތައް:
° ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި
° ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެމްބަރުގެ ގޮނޑި/ ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެއް
މިއަދު ވޯޓްލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތައް:
° ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމް
° ހދ. ނޭކުރެންދޫ ކޮމެޓީ މެމްބަރު
° ލ. މާވަށު ކޮމިޓީގެ މެމްބަރު
މިއަދުގެ ވޯޓުލުން ފެށިފައިވަނީ ހެނދުނު 8:00 ގައެވެ. އަދި ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގައާއި މާލޭގައެވެ.




