ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިޔަސް، އެކަމުގެ ބުރަ މަސްވެރިންނަށް ނުޖައްސައި ސަރުކާރުން އަންނަނީ އެކަން މެނޭޖުކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހަކުން ޝާއިއު ކޮށްފައިވާ ރިޕޯޓަކަށް ރައްދު ދެއްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން އުފެދިފައިވާ އުނދަގޫ ހާލަތުގައި ވެސް، ސަރުކާރުން ޔަގީންކުރާ އެއް ކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނުކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ.
”ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެންދިޔަ ނަމަވެސް، ދިވެހި މަސްވެެރިންނަށް އެ ބުރަ ނުޖައްސާ، ސަރުކާރުން މިއަދާ ހަމައަށް ވެސް މިގެންދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މެނޭޖުކުރަމުން. އަދި އެކަން މަސްވެރިން ވެސް ޝުކުރުވެރިކަމާ އެކު ބަލައިގަނޭ،“ އެ ރިޕޯޓާ ގުޅިގެން މިނިސްޓަރު ޝިޔާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ފިޝަރީޒް މިނިސްޓަރު މީގެއިތުރުން ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށް ފަހު މުޅި ރާއްޖެއަށް ވެސް އެންވެެރިކަން ރަނގަޅުވާން ފެށުމާ އެކު، މަސްވެެރިކަން ވެސް އަންނަނީ މާތް اللهގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން ކަމަށެވެ.
އެހެންކަމުން، މަސްވެެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުނުވުމުގެ މަސައްކަތްތައް ވެސް ކުރެވޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.



