މަސްވެރިކަން ކުރާ ދޯނިތަކަށް މާދަމާއިން ފެށިގެން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ ”ފަހި ހަކަތަ“ ގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެ ތަންތަން ވެސް އާންމުކޮށްފައެވެ.
އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ފިޝަރީޒް މިނިސްޓްރީން ހަމަޖައްސާފައިވަނީ، ތެޔޮ އަގު ބޮޑުވުމުގެ ސަބަބުން މަހަށް ފުރުން ދަތިވެފައިވާކަމަށް މަސްވެރިން ބުނަމުން އަންނަނިކޮށެވެ.
މި އަގުގައި ތެޔޮ ލިބޭނީ ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި:
° ހއ. އިހަވަންދޫ
° ހދ. ހަނިމާދޫ
° ށ. މިލަންދޫ
° ބ. އޭދަފުށި
° ފ. ނިލަންދޫ
° ކ. ހިންމަފުށި
° ރ. ދުވާފަރު
° ދ. ކުޑަހުވަދޫ
° ޅ. ފެލިވަރު
° ގއ. ކޫއްޑޫ
° ފުވައްމުލައް
° ހުޅުމީދޫ
° ހުޅުމާލެ ޖެޓީ




