ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މާލޭގައި ހުންނަ ދަނާލުގައި މިމަހުގެ 21 ވަނަ ދުވަހުގެ މެންދަމު ވަގުތު އަމިއްލައަށް މަރުވި މަރިޔަމް ހާސިދާއަކީ މީގެ ކުރިންވެސް ފުލުހުންގެ ވިކްޓިމް ސަޕޯޓު ލިބެމުންދިޔަ ފަރާތެއް ކަމަށާއި އޭނާ މަރުވި ރޭ ވެސް ފުލުހުން އޭނާއަށް ނަފްސާނީގޮތުން އެހީތެރިވާން މަސައްކަތްކުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ދަނާލުގައި މަރުވި 18 އަހަރުގެ ކުއްޖާ ފުލުހުންނަށް ކުރި ކޯލްތަކާއި ފޮނުވި މެސެޖުތަކަށް ފުލުހުން ޖަވާބު ނުދޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތެކެއް ކަމަށެވެ.
މިނިސްޓަރު އިހްސާން ވަނީ އެ ކުއްޖާއާއި ފުލުހުންގެ ވިކްޓިމް ސަޕޯޓް ނަމްބަރާއި ދެކެވުނު ވާހަކަތަކާއި ފުލުހުން އެކަމުގައި ކުރި މަސައްކަތް މިއަދު ކިޔާދެއްވާފައެވެ.
ހާސިދާ ފުލުހުންނާއި ދެކެވުނު ވާހަކަތަކާއި ޓައިމް ލޮގް 20ވަނަ ދުވަހުގެރޭ:
° 20:40 ހާސިދާ ކުރި މެސެޖު : އައި އޭމް ސޯ ކްލޯސް ޓު ގިވްއަޕް (I am so close to give up)
° 20:49 ގައި ފުލުހުން ދިން ޖަވާބު: ހައި ވުޑް ޔޫ ލައިކް ޓު ޝެއާ ވިތް އަސް (Hi. Would you like to share with us)
° 20:50 ހާސިދާ ކުރި މެސުޖު : އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް (I just can’t control my thoughts)
° 20:53 ހާސިދާ ކުރި މެސެޖު : ޕްލީޒް ޑޯންޓް ކޯލް އެނީވަން (Please don’t call anyone)
° 20:53 ހާސިދާ ކުރި މެސެޖު: އައި އޭމް އޯކް. އައިމް ގޮއިންޓު ބީ އޯކޭ. އައި ހޭވް ބީން އޯކޭ (I am ok. I’m going to be ok. I have been ok)
° 20:56 ހާސިދާ ކުރި މެސެޖު: އައި އޭމް ގޮއިން ފޯ އަ ވޯކް (I am going for a walk)
° 00:38 ހާސިދާ ކުރި މެސެޖު : އައި އޭމް ގޯން (I am gone)
° 00:38 ފުލުހުން ކުރި މެސެޖު : ވަޓް ޑޫ ޔޫ މީން ބައި ދެޓް. ވުޑް ޑޫޔޫ ލައިކް ޓު ގޯ ޓު ދަ ހޮސްޕިޓަލް، އޯ ޓޯކް ޓު މީ (What do you mean by that? Would you like to go to the hospital, or talk to me)
° 00:57 ހާސިދާ ވަނީ ވައިބާ އިން އޮފްލައިންވެފައި
° 01:03 ގައި ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅާ އެ މުއާމަލާތުތައް ހިންގިކަން އެނގި
° 01:08 ގައި ފުލުހުން ދަނާލަށް ވަނީ
° 01:14 ހިނގަންދެން އިދާރީ މީހުންނާ ވާހަކަ ދައްކާ ހާސިދާ އުޅޭ ކޮޓަރި ހޯދަން މަސައްކަތް ކުރި
° 01:32 : ހާސިދާ އުޅޭ ކޮޓަރި ފުލުހުންނަށް ކަށަވަރުކުރެވުނު
މިނިސްޓަރު ވިދާޅުވީ އެހިސާބުން ދެން އެއްވެސް މެސެޖެއް ނުލިބި އެކުއްޖާގެ މެސެޖެއް ދެން އައީ އެރޭ ދަންވަރު 12:38 ގައިކަމަށެވެ.
އެއީ ”އައިއެމް ގޯން“ މިހެން ޖަހާފައިވާ މެސެޖެއް ކަމަށާއި އެ ހިސާބުން ފެށިގެން 12:43 ގައި ފުލުހުން ރެސްޕޯންޑް ކުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ކުއްޖާއަށް އެހީވާން ބޭނުންވާ ވާހަކަ ބުނިކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ފަހުން އެއްވެސް މުއާމަލާތެއް ފުލުހުންނާ އެ ކުއްޖާ ނުކުރެވޭކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
”އެއަށްފަހުގައި ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކައިގައި އެބަ ބުނޭ އެކި ވަގުތުތަކުގައި ފުލުހުންގެ އެފްޕީސީޑީ ނަމްބަރަކަށާއި 911 ކޯލް ސެންޓަރަށް އެ ފަރާތުން ގުޅަން މަސައްކަތް ކޮށްފައިވާކަމަށް. އެއީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް. ފުލުހުންގެވެސް އަދި ސަރުކާރުގެވެސް އެއްވެސް މި ބާވަތުގެ ނަމްބަރަކަށް މި ނަމްބަރަކަށް ގުޅާފައިވާކަމުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް“ ހޯމް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުން އެންމެ ފަހުން ކުރި މެސެޖަށް ޖަވާބު ނުލިބުމުން ފުލުހުންގެ ޓީމުން ދަނާލަށް ގޮސް އެ ކުއްޖާ ދިރިއުޅޭ ކޮޓަރި ހޯދާ އެ ކޮޓަރިއަށް ދިޔަކަމަށެވެ.
”ކޮޓަރީގެ ބޮކިތައް ނިއްވާފައި ހުރުމުން ފެން ލައިޓް ތްރޫކޮށް ބެލިއިރުގައި މި ހާދިސާ ހިނގާފައިވާތަން ފެނުނު. އެ ހިސާބުން ފެންލައީޓުގެ ޒަރީޔާއިން އެ ސީނަށް ފުލުހުން ވަދެފައިވަނީ“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ މި މައްސަލާގައި ފުލުހުން އަމަލުކޮސްފައިވާ ގޮތް އެ މިނިސްޓްރީންވެސް ބަލާ ކަމަށާއި ގުޅުން ހުރި އިދާރާތައް މެދުވެރިކޮށްވެސް ބަލާނެ ކަމަށެވެ. އަދި މިފަދަ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުނުކޮށް ނުފެތުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.





2 Comments
Fenan huri kantha Kaakatha olhuvaalan miulheni….. Meehun gunboa heidhi dhuvas hingaje…..
This is a clear violation of trust. Victim
Communications must remain confidential, not broadcast to the public. This will only prevent others from seeking help, fearing their information may be exposed.
Not like leaking this information helped them in any way.