ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން މިއަދު ކަރަންޓު ކެނޑުނީ، މަގު ހެދުމުގެ މަސައްކަތަކަށް ކޮންނަނިކޮށް، ހައި ވޮލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރިން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ހިޔާއާއި ވިނަރެސްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެގޮތުން ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަކީ:
° ހިޔާ ޓަވަރު 5، 6، އަދި 7
° ވިނަރެސްގެ 10 ޓަވަރު
° އަމާން ދޯދި 12، 13، 14، 15، އަދި 16
° އަމާން އުދަރެސް 5، އަދި 6
° އެމްޕީއެލް ޓަވަރުތައް
ސްޓެލްކޯއިން މީގެއިރުކޮޅެއް ކުރިން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ. އަދި މިހާރު ދަނީ އެ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމުގައިވެސް ބުންޏެވެ.




