މިހާރު ރާއްޖެއަށް ކުރަމުމްދާ ވިއްސާރާގައި މިއަދުވެސް މުޅި ރާއްޖެއަށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
އެ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް މިއަދު ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގާތްގަޑަކަށް ގަޑިއަކު 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.
މީގެއިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައިކަމަށްވެސް މެޓް އޮފީހުން ބުނެެފައިވެއެވެ.



