ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ވާދެމުމުގެ މުބާރާތެއްކަމަށްވާ “ ދަންޑެހެލެ ވާދެމުން 1445″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޓީމުތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެހެންކަމުން ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ހުށަހެޅުމަށް އެދިފައި ވެއެވެ.
“ ދަންޑެހެލެ ވާދެމުން 1445″ މުބާރާތުގައި އަންހެން ފިރިހެން ދެ ޖިންސު ވަކިން ޓީމްތައް ބައިވެރިވެވޭއިރު، އައްޑޫސިޓީގެ ހުރިހާ އަވަށްތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، މުއައްސަސާތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމާއެކު އާއިލީ އަދި އިޖުތިމާޢީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އައްޑޫ ޢީދި ސަމާ 1445 ނަމުގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.“ ދަންޑެހެލެ ވާދެމުން 1445″ އަކީ މި ހަރާތުގެ ތެރޭގައި ހިމަނައިގެން ކުރިޔަށްގެންދަން ރާވާފައިވާ މުބާރާތެކެވެ.




