އެމްއޭސީއެލްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބުރަސްފަތި ދުވަހު އިސްތިއުފާ ދެއްވި މުހައްމަދު ލަމްއާން، އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯގެ މަގާމަށް އައްޔަންކޮށްފި އެވެ.
ޑެޕިޔުޓީ ސީއީއޯގެ އިތުރުން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް ވެސް ލަމްއާން ވަނީ އިއްޔެ އައްޔަންކޮށްފައެވެ.
އެމްއޭސީއެލްގެ ޑީއެމްޑީއަކަށް ލަމްއާން އައްޔަންކުރެއްވީ، މި ސަރުކާރުން، 1 ފެބްރުއަރީ 2024 ގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.



