ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)ގެ ދެ ޑިރެކްޓަރ ޖެނެރަލުން ސަސްޕެންޑްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ޑީޖީއޭ އިން ސަސްޕެންޑު ކޮށްފައިވަނީ ޒަކަރިއްޔާ ހުސެއިންއާއި އަހުމަދު އަލީއެވެ.
އެ ދެމީހުންވެސް ސަސްޕެންޑް ކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ކަމަށް ވެސް ވަނީ އެނގިފައެވެ.
ދެ މީހުން ސަސްޕެންޑްކުރި ސަބަބާ ގުޅޭ ގޮތުން ޑީޖީއޭއިން މިހާތަނަށް ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެެއެވެ. އަދި އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވަނީ ކޮން ތުހުމަތުތަކެއްކަމެއް ވެސް ސާފެއް ނުވެއެވެ.
ސަސްޕެންޑްކުރި އަހުމަދު އަލީ އަކީ ކުރީ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއެވެ. އަދި ޒަކަރިއްޔާ ކުރިން ވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން އަދާކުރައްވައިފައެވެ.
ދެ ޑިރެކްޓާ ޖެނެރަލްއިން ސަސްޕެންޑްކުރި އިރު (ޑީޖޭއޭ)ހިންގުމުގެ އެންމެ އިސްކޮށް ހުންނެވި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ.




