ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ރޭގެ ވަގުތެއްގައި ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 12 ހާއިރެވެ. މި ހަމަލާގައި އަނިޔާވި މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާގައި ޒަހަމްކޮށްލާފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެެއް ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި، ޒަހަމްކޮށްލާފައިވަނީ ނާޒިމް ސައްތާރެވެ.
މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.



