ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، އިޢާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައްގ ބައެއްފަހަރު ދަނީ ކުރިމަތިވަ1މުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ވިދާޅުވީ އޮންލައިން ދުނިޔޭގައި، އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން ކަމަށެވެ. އެގޮތުން ޒަމާނީ ތައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިޢާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
”މިއީ މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ޙައްޤުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެއް. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން ވިލުންތެރި މަސައްކަތްތަކެއް ކުރުމަށް އިލްތިމާސް ކުރަން“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ކުޑަ ކުދިންގެ ޙިއްސާ ވަރަށް ފުރިހަމައަށް ލިބިގެންދާނެކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.



