އާންމުކޮށް ހަކުރު ބަލީގެ މީހުން ބޭނުންކުރާ އިންސިއުލިން ރާއްޖޭގައި އެބަހުރި ކަމަށް، ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ރާއްޖޭއިން އިންސިއުލިން ނުލިބޭކަމަށްބުނެ ސޯޝަލް މީޑިއާގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.
އެކަމާ ބެހޭގޮތުން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެސްޓީއޯގެ ބޭސްފިހާރަ ތަކުގައި އިންސިއުލިން ލިބެން ހުރި ކަމަށާއި ނަމަވެސް ވަކި ބްރޭންޑެއް ނުލިބިދާނެ ކަމަށެވެ.
”އިންސިއުލިންގެ ސްޓޮކް އެބަހުރި. ނަމަވެސް، އެ މީހަކު ބޭނުންވެގެން އުޅޭ ވަކި ބްރޭންޑެއް މި ވަގުތު ހުސްވެފައި ހުރެދާނެ“ އޮފިޝަލު ވިދާޅުވިއެވެ.
އިންސިއުލިން އަކީ ލޭގައި ހަކުރު ހުންނަ މިންވަރު ބަލަން ބޭނުންކުރާ އެއްޗެކެވެ. އޭގައި ވެސް އެކި މީހުންނަށް ރަނގަޅަށް މަސައްކަތްކުރަނީ އެކި ބްރޭންޑުތައް ކަމަށްވެއެވެ.




