ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށް އެފުރުޞަތު ލިބޭނެކަމަށް ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ޕްރޮގްރާމު ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ވާހަކަ ދައްކަވަމުންނެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރު ޙަސަން ރަޝީދު ވަނީ ޕްރޮގްރާމުގެ ކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުވާފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމު 2024ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވިއިރު، ދަރިވަރުން ތަރުބިއްޔަތުކުރުމަށް ވަޒީފާ އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށެވެ. އަދި މިހާރު ފުރަތަމަ ބެޗުގެ ދަރިވަރުން އެމަގުން ކުރިއަށްދާއިރު މިކަމުންގެ ރައީސްގެ ބަސްފުޅުގެ އިޚްލާސްތެރިކަން ހާމަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއްކަން ފާހަކޮށް ޑިފެންސް މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށްވެސް އެފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ތަމްރީނު ތާވަލުގައިވާ ގޮތަށް، 350 ދަރިވަރުންގެ އިތުރު 2 ބެޗު މިއަހަރު ބާކީ މުއްދަތުގައި ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




