ހައުންސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ޗެއާމަންކަމުގައި ހުންނެވި، އަހަމްދު ޒުހޫރު އެމަގާމުން ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް(ޕީސީބީ) އިން ބުނީ، އެޗްޑީސީގެ ޗެއަރމަންގެ މަގާމުންނާއި އެޗްޑީސީގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ޒުހޫރު ވަކިކޮށްފައި ވާކަމަށެވެ. އެހެންނަމަވެސް އޭނާ މަގާމުތަކުން ވަކިކުރެއްވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
ޒުހޫރު އެޗްޑީސީގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގަ އެވެ.
ޒުހޫރު އަކީ ސަރުކާރުގެ އެކި ވުޒާރާތަކުގެ ވަޒީރުކަމާއި، ސަރުކާރުގެ އެކި ކުންފުނިތަކުގެ ބޯޑް ޑިރެކްޓަރުކަން ކުރިންވެސް ކުރައްވަވާފައިވާ ބޭފުޅެކެވެ. .




