ރާއްޖެއަށް ސިއްހީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްގީއަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ، ހެލްތު މިނިސްޓަރު ގީލާ އަލީއާ ބައްދަކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ޗައިނާއިން ރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްގީއަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ކޮންގ ޝިއަންހުއާ ދެއްވިއެވެ. އަދި ވިލިމާލޭގައި އިމާރާތްކުރުމުންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަޝްރޫޢާއި ކުރިޔަށްގެންދާ މުހިއްމު މަޝްރޫޢުތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މިދާއިރާއިން މީހުން ތަމްރީން ކުރުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މިނިސްޓަރު ގީލާ ވަނީ މި ބައްދަލުވުމުގައި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކޮށްދެއްވާފައިވާ އަގުހުރި މުހިއްމު މަސައްކަތްތަކަށް ފާހަކޮށް ޝުކުރު އަދާކުރައްވާފައެވެ.



