މިއަދަކީ ވިޔަފާރީގެ މުއާމަލާތް ކުރުމުގައި އެތައް ބަޔަކު ކުރަމުންދިޔަ ދިގު އިންތިޒާރަކަށް ނިމުމެއް އައި ދުވަހެވެ.
އުރީދޫގެ ޕާޓްނަރޝިޕާއެކު މިއަދު މިވަނީ ރާއްޖޭގައި ”ޕޭޕަލް“ ގެ ޙިދުމަތް ތައާރަފް ކޮށްފައެވެ. ޕޭޕަލްގެ ސަބަބުން ރާއްޖޭގެ އީކޮމާސް ސިނާއަތަށާއި ޑިޖިޓަލް އިގްތިޞާދަށް އިންގިލާބީ ކުރިއެރުމެއް ލިބި، ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
އެގޮތުން ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި މިވަނީ، އުރީދޫގެ ޑިޖިޓަލް ވޮލެޓު ކަމަށްވާ ”އެމް-ފައިސާ“ މެދުވެރިކޮށެވެ.
އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުން ކުރުމަށް އަވަހަށް ޕޭޕަލް އެކައުންޓް އެމް-ފައިސާއާ ލިންކު ކޮށްލާށެވެ. މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.
° ޕޭޕަލް އެކައުންޓް އެމް-ފައިސާއާ ލިންކު ކުރާނީ ކިހިނެއް؟
1. އެންމެ ފުރަތަމަ އެމް-ފައިސާ އެޕް ހުޅުވުމަށްފަހު، ހޯމްސްކްރީނުގައި އިން ”ޕޭޕަލް“ ކާޑަށް ފިތާލާ
2. އެއަށްފަހު ”ލިންކް ޕޭޕަލް އެކައުންޓް“ އަށް ފިތާލާ
3. ޕޭޕަލް އެކައުންޓްގެ ޑީޓެއިލްސް ބޭނުން ކޮށްގެން ސައިން އިން ވެލާ
4. އެއަށްފަހު އިޚްތިޔާރު ކުރާ ގޮތެއް ބޭނުން ކޮށްގެން އެކައުންޓް ވެރިފައި ކޮށްލާ. އީމެއިލްއަށް ނުވަތަ ފޯނަށް ކޯޑު އަންނަ ގޮތަށް އިޚްތިޔާރު ކުރެވިދާނެ. ލިބިފައި އިން ކޯޑް، ޖަހާލުމަށްފަހު ވެރިފައި ކުރަން ހުށަހަޅާލާ.
5. ވެރިފައި ކުރުމަށްފަހު ”ޓަރމްސް އެންޑް ކޮންޑިޝަންސް“ ރިވިއުކޮށް، އެކްސެޕްޓް ކޮށްލަންވާނެ.
6. މަރުހަބާ! އެމް-ފައިސާ އަދި ޕޭޕަލް އެކައުންޓް މިހާރު ވާނީ ލިންކު ކުރެވިފަ.
7. އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހުރިހާ މުއާމަލާތެއް މިހާރު ކުރެވޭނެ.
° އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލް އެކައުންޓަށް ފައިސާ އަޅާނީ ނުވަތަ ޓޮޕް-އަޕް ކުރާނީ ކިހިނެއް؟
1. އެމް-ފައިސާ ހުޅުވުމަށްފަހު ޕޭޕަލް ކާޑަށް ފިތާލާ
2. ”ޓޮޕް-އަޕް“ އަށް ފިތާލުމަށްފަހު ޕޭޕަލްއަށް އަޅަން ބޭނުންވާ ފައިސާގެ އަދަދު ޖަހާލާ.
3. ހުރިހާ މައުލޫމާތެއް ރަނގަޅަށް ޔަގީން ކުރުމަށްފަހު ޓްރާންސެކްޝަން ކޮންފަރމް ކޮށްލާ
4. ކޮންފަރމް ކުރުމުން، އެމް-ފައިސާ އެކައުންޓުން ޕޭޕަލް އެކައުންޓަށް ހުންނާނީ އެޅިފަ. ޕޭޕަލް އެކައުންޓް ބެލެންސް އެމްފައިސާ އެޕުން ފެންނަން ހުންނާނެ.
އެމްފައިސާ މެދުވެރިކޮށް ޕޭޕަލްއަށް ބޭނުން އިރަކު، ބޭނުން ތަނަކު ހުރެގެން ވެސް ފައިސާ އަޅާލެވޭނެއެވެ. މިއީ އެހާވެސް ފަސޭހަ ޚިދުމަތެކެވެ.
° ޕޭޕަލް އިން އެމްފައިސާއަށް ފައިސާ ނަގާނީ ނުވަތަ ވިތްޑްރޯ ކުރާނީ ކިހިނެއް؟
1. އެމް-ފައިސާ އެޕުން ޕޭޕަލް ކާޑު ނެގުމަށްފަހު، ”ވިތުޑްރޯ“ އޮޕްޝަނަށް ފިތާލާ
2. ނަގަން ބޭނުންވާ ފައިސާގެ އަދަދު ޖަހާލުމަށްފަހު ”ކޮންޓިނިއު“ އަށް ފިތާލާ
3. ރެޖިސްޓަރ ކޮށްފައިވާ ފޯނަށް އޯޓީޕީ ކޯޑު ދިޔުމުން، ނަގަން ބޭނުންވާ ފައިސާގެ އަދަދު އެ ކޯޑު ބޭނުން ކޮށްގެން ރިވިއުކޮށް ކޮންފަރމް ކޮށްލާ
4. ކޮންފަރމް ކުރުމުން ޕޭޕަލް އެކައުންޓުން އެމް-ފައިސާ އެކައުންޓަށް ފައިސާ ފޮނުވިފައި ހުންނާނެ.
އެމް-ފައިސާ މެދުވެރިކޮށް ޔަގީންކަމާއި ރައްކާތެރިކަމާއެކު ޕޭޕަލް ބޭނުންކޮށްލާށެވެ.



