މަންމައަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މަންމައަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ހއ. ހޯރަފުށީ ކޮތަރިވިލާ މުހައްމަދު ސުނާހުއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް މިއަދުވަނީ 15 ދުވަސް ޖަހައިފައެވެ.
މުހައްމަދު ސުނާހުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން އޭނާވަނީ އޭނާގެ މަންމައާ މާރާމާރީ ހިންގުމުގެ އިތުރުން މަންމައަށް އިންޒާރުވެސް ދީފައެވެ. އެކަމަކު އޭނާވަނީ މަންމަގެ ގައިގައި ޖަހާފައި ނުވާނެ ކަމަށް ބުނެފައެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި ސުނާހަކީ ކުރިން މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ހޯދި މީހެކެވެ.



