މިރޭ 8 އިން 12 އަށް މާލޭގެ ބައެއް ސަރަަހައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން މިއަދު މެންދުރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ އެކި ސަރަހައްދުތައް މިރޭ 8 އިން 12 ޖެހުމާ ހަމަޔަށް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށާއި މަގުތައް ބަންދުކުރަނީ، މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ނަމަވެސް ބަންދުކުރަނީ ކޮން ސަރަހައްދުތަކެއް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމިއިރު، ’ވަޒީފާ ބުރާސްފަތި‘ ނަމުގައި އިދިކޮޅު އެމްޑީޕީގެ އިހުތިޖާޖެެއް ބޭއްވުމަށް އޮތީ ނިންމާފަ އެވެ. މި އިހުތިޖާޖު ފަށަން ހަމަޖެހިފައި އޮތީ، މިރޭ 8:30ގައި ރަސްފަންނު ސަރަހައްދުންނެވެ. އިހުތިޖާޖު ނިންމާ ގޮތަށް އޮތީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ.




1 Comment
ވެރިކަމަށް ރައީސަކުހޮވަނީ ރައްޔިތުންގެ މެޖޯރިޓީ ވޯޓުން! ރައީސަކު ރައްޔިތުން ނިއްމުމަށްފަހު މަގުމަތީން ވެރިކަން ވައްޓާލާނަމޭ ބުނަމުން އިދިކޮޅުޕާޓީ ނިކުމެ މީހުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭ ކުޑަވަގުކޮޅު މަގުމަތީ ދުއްވާ ހިނގާބިނގާ އުޅޭމީހުނަށް ދަތިވާގޮތަށް އުޅުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް. އިދިކޮޅުން ތަންކޮޅެއް ރީތިއުސޫލެއްގެ ތެރެއިން ވިސްނާފަ ކުރަން ވިސްނަންވެއްޖެ، މާދަމާއިން ނިކުންނަ ޖީލުތަކަށް ރިވެތި އާދައެއް ދަސްކޮށްދިމަކީ އިދިކޮޅު ޕާޓީގެ ވެސް ޒިއްމާއެއްކަމުގައި ބަލަންވެއްޖެ! ބައެއް ޢިލްމީ ބޭފުޅުން ވިދާޅުވޭ ކައްޒާބޭ! ހޮޅިމުއިއްޒޭ! ހަމަގައިމުވެސް އެގޮވާ ގޮވުމަކުން 100 ސަވާބެއް އިތުރެއްނުވާނެ! ޙަމަ އަގުވެއްޓި ޤަދަރުވެއްޓި ނާތަހުޒީބު ބައެއްކަން ނޫންގޮތަކަށް ރައްޔިތުން ނުދެކެނެ.