ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު މިއަދު ވަދެ މާރާމާރީ ހިންގި މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ދައްކުވައިދޭ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭގެން ފެންނަނީ ވަޅި ހިފައިގެން ފިހާރައަށް ވަންކަމަށް ތުހުމަތު ކުރެވޭ މީހާ ގައިގައި، އާންމުންތަކެއް ވަށާލައިގެން އަނިޔާކުރާ މަންޒަރެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ


