މ. އަތޮޅުގެ ހަތް ރަށެއްގައި ފޯރުކޮށްދެމުންދާ ޔުޓިލިޓީ ހިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް މިއަދު ހަވާލުވެއްޖެއެވެ.
ސްޓެލްކޯއިން މިއަދު ބުނެފައިވަނީ މ. އަތޮޅުގެ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި އަދި ރަތްމަންދޫގެ އިތުރުން ވޭވަށު ޔުޓިލިޓީ ހިދުމަތްތަކާއި އެ ކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ.
މިއަދު ސްޓެލްކޯއިން ޔުޓިލިޓީ ހިދުމަތްތަކާ ހަވާލުވި ރަށްރަށުގެ ތެރޭގައި މ. މުލައް ނުހިމެނެއެވެ.
މި ރަށްތަކުގައި ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އެވެ. އަދި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަފީފް ހުސައިން އެވެ.
ފެނަކަ ކޯޕަރޭޝަނުން ކުރިން ދެމުން އައި މި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ.
ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ފެނަކައިން ދެމުންދިޔަ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ މައިގަނޑު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.



