ހުޅުމާލޭ ފޭސް 2 ގައި މާރާމާރީއެއް ހިނގައި، ދެ މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފޭސް 2 ފަރުކޮޅުފުށި ހިއްކި ސަރަހައްދުގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓެއް މިއަދު އިރުއޮއްސި 18:37 ގައި ލިބިފައިވާ ކަމަށެވެ.
މިމާރާމާރީގައި 2 މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ، މިމާރާމާރީއާއި ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.




