ފުރުގާނު މިސްކިތުގެ ކުޑަދޮރަކަށް ރޭ ގެއްލުންދީ އެ ދޮރުގެ ބިއްލޫރިގަނޑު މީހަކު ތަޅާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އަމީނީ މަގުގައި ހުންނަ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލީ ރޭ ކަމަށާއި އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލަ މާލޭ މޭޔަރު އާދަމް އާޒިމް ވަނީ ކުށްވެރި ކުރައްވައިފައެވެ.
މޭޔަރު ވިދާޅުވީ މިސްކިތްތަކަކީ ރައްޔިތުންގެ އިހުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ މުގައްދަސް ތަންތަންކަމާއި މިފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ރޭ 4:10 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



