ދައުލަތުގެ އާންމު މަންފާއަށްޓަކާ ހާސިލް ކުރަން ބޭނުންވާ ސިޔާސަތުގެ ދަށުން ހިންގާނެ 19 މަޝްރޫއު ކަނޑައަޅައި އާންމުކޮށްފިއެވެ.
ރައީސްގެ ގަރާރަކުން ކަނޑައަޅާ އާންމު ކުރި މި މަޝްރޫއުތަކަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާ ބަޔާންކުރަން ޖެހޭ މަޝްރޫއުތަކެކެވެ.
ދައުލަތުގެ އާންމު މަންފާއަކަށް ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ، އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސްގެ ގަރާރުގައި ކަނޑައަޅާފައިވެ އެވެ.
އޭގެ ތެރޭ ހިމެނެނީ:
° ފަތުރުވެރިކަމާ މަދަނީ އުދުންތަކާ ގުޅޭ 5 މަޝްރޫއު (މަދުވެގެން ޖުމްލަ 25 މިލިއަން ޑޮލަރު)
° ދާހިލީ ސަލާމަތާއި ދިފާއީ ރައްކާތެރިކަން އަދި ފަންނިއްޔާތާ ގުޅޭ 5 މަޝްރޫއު (މަދުވެގެން ޖުމްލަ 155 މިލިއަން ޑޮލަރު)
° ބިނާރާއި ގެދޮރުވެރިކަން އަދި އުމްރާނީ ތަރައްގީއާ ގުޅޭ 4 މަޝްރޫއު (މަދުވެގެން ޖުމްލަ 10 މިލިއަން ޑޮލަރު)
° ޒުވާނުން ބާރުވެރިކަމާއި ހަށިހެޔޮކަމާ ގުޅޭ މަޝްރޫއެއް (މަދުވެގެން ޖުމްލަ 20 މިލިއަން ޑޮލަރު)
° މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ގުޅޭ 4 މަޝްރޫއު (މަދުވެގެން ޖުމްލަ 17 މިލިއަން ޑޮލަރު)



