ހުޅުމާލެ ފޭސް 2ގެ އަމާން ދޯދި 5ގެ ދެވަނަ ފަންގިފިލާއިން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެކަން ރިޕޯޓްކުރީ ރޭ 11:14 ހާއިރު ކަމަށެވެ.
އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް ފަހު، އައިޖީއެމްއެޗަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ވެއްޓުނު ކުއްޖާއަށް ފަރުވަަ ދެމުންދަނީ ވެންޓިލޭޓަރުގައެވ3.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.




