މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި، ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
އެމްޓީސީސީގެ ޗެއަރޕާސަން ކަމުގެ މަޤާމަށް އައްޔަންކޮށްފައިވަނީ އަލްފާޟިލާ ސަޢާދާ އިބްރާހިމް (ދަޕްތަރު ނަންބަރ ރސ 14819) އެވެ.
އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު އަފީފް ހުސައިން އެހެން މަޤާމަކަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. މުޙައްމަދު އަފީފް ހުސައިން މިހާރު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައެވެ.




