ދެ ލައްކަ ރުފިޔާއާ ހަމައަށް އެހީ ލިބޭ، ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ އޮފީހުން ބުނި ގޮތުގައި، މިއީ ތަފާތު ދާއިރާތަކުން އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން، އަމިއްލަ ޖަމިއްޔާތަކާއި ތައުލީމާއި ތަމްރީނު ދޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށް މި ޕްރޮގްރާމުން އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ.
ޕެންޝަން އޮފީހުން ބުނި ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ދެ ލައްކަ ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައި އޮތްއިރު، އަންނަ ޖުލައި 23ގެ 16:00ގެ ނިޔަލަށް ހުށަހެޅެމުގެ ފުރުސަތު އޮންނާނެއެވެ.


