އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް އަހަރުތެރޭގައި އަންނަ އެންމެރީތި ތާރީހުގައި ކައިވެނި ކުރާމީހުން ވަރަށް ގިނައެވެ.
އެގޮތުން މިއަދު 26.06.26 ގައި މާލޭގައި ޖުމްލަ 50 ކައިވެނިކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ކުރާ ކައިވެނިތަކުގެ ތެރެއިން 11 ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ސީދާ ކޯޓުގައެވެ. އަދި ބާކީ 39 ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ކޯޓުން ބޭރުގައި ކަމަށް އެ ކޯޓުން މައުލޫމާތު ދެއެވެ.
ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ އަބަދުވެސް ދިވެހީންގެ ތެރޭގައި އޮންނަ ސަގާފަތެކެވެ. މިފަދަ ތާރީހުތަކަކީ ހަނދާނުގައި ބަހައްޓަން ފަސޭހަ އަދި ހާއްސަ މުނާސަބަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ދުވަސްތަކެކެވެ. އަދި މިގޮތައް ކައިވެނި ކުރާ ގިނަމީހުން ބުނަނީ އެމީހުން މިފަދަ ތާރީހު ތަކުމައި ކައިވެނިކުރަނީ ކައިވެނި ޙާއްޞަ ދުވަހެއްގައި ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މިފަދަ ރީތި ތާރީހެއް އަތުވެއްޖެ ނަމަ، ކައިވެނި ކުރާ މީހުންގެ އަދަދު އިތުރުވެ، ފެމިލީ ކޯޓަށް އަބަދުވެސް ބާރު ބޮޑުވެއެވެ.



