ބަގީއަކާ އެކު މޫދަށް ވެއްޓި، އދ. ހަންޏާމީދޫގައި ކުޑަ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ، އުމުރުން 13 އަހަރުގެ އަލީ އަނަސް ބިން މުހައްމަދު އަރީޝް އެވެ.
މިހާދިސާ ހިނގާފައިވަނީ، ތަޅުދަނޑި ޖަހާފަ އިން ބަގީއަކަށް އެ ކުއްޖާ އަރައިގެން ދުއްވަން މަސައްކަތްކޮށް، ބަގީ ކޮންޓްރޯލު ކުރަން ނޭނގިގެން ގޮސް ބަނދަރުގެ ފަޅުތެރެއަށް ވެއްޓިގެންކަން އެނގިފައިވެއެވެ
އެވަގުތު އެ ކުއްޖާ ގޮސް، ކައިރީގައި އޮތް ދޯންޏެއްގައި ޖެހި ޒަހަމްވިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އަނަސް ނިޔާވެފައިވަނީ އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް އެ ރަށު ސިއްހީ މަރުކަޒުގައެވެ.




