ނިމިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް 123،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 123,552 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް 143,099 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ އިރު، މިއަހަރުގެ މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 12 ޕަސެންޓް ދަށް އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,067,543 އަށް އަރާފައެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާ އެވެ. އެ ގައުމުން 168,677 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ އިރު، ދެވަނައިގައި އޮތް ރަޝިޔާ އިން 150,187 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 86,477 ފަތުރުވެރިން، އިޓަލީން 73,928 ފަތުރުވެރިން އަދި ޖަރުމަނުން 67,133 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1,302 ތަނެއް ދަނީ ހިންގަމުންނެވެ.
މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 68,836 އެވެ.



