ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގު، ރުއްގަނޑު 1 ސަރަހައްދުގައި ކަމަށާއި އެކްސިޑެންޓް ހިނގި ކަމުގެ މައުލުމާތު ލިބިފައިވަނީ މިރޭ 20:42 އެހާކަންހާއިރު ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ހުވަނދުމާ ހިނގުމަށް އަޅަން އުޅުމުގެ ތެރޭގައި، އެ ވަގުތު ނިރޮޅުމަގުން ދަތުރުކުރި ކާރުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ސައިކުލަ ދުއްވަން އިން 36 އަހަރުގެ ދިވެހި އަންހެނަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




