ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން 4 ވައިބަ ކޮމިއުނިޓީއެއް އުފައްދައިފިއެވެ.
މި ގްރޫޕްތަކަކީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން މައުލޫމާތު ހިއްސާކުރުމަށް އުފެއްދި ގްރޫޕްތަކެއް ކަމަށް އެ ވުޒާރާއިން މިއަދު ވަނީ ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން މަޝްރޫޢުގެ ދަށުން، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ 3 ވައިބަރ ކޮމިއުނިޓީއެއް ވަނީ އުފައްދާއެވެ.
އެއީ:
• ”ބިންވެރިޔާ ހުޅުމާލެ“ ވައިބަރ ކޮމިއުނިޓީ
• ”ބިންވެރިޔާ ގުޅިފަޅު“ ވައިބަރ ކޮމިއުނިޓީ
• ”ބިންވެރިޔާ ގިރާވަރުފަޅު“ ވައިބަރ ކޮމިއުނިޓީ
• ”ބޯހިޔާވަހިކަން އެންމެންނަށް“ ވައިބަރ ކޮމިއުނިޓީ
މި ކޮމިއުނިޓީތައް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ އިއުލާނުތަކާއި، މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަތައް ވަގުތުން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.




