މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމެޓީއާއި، ޕޮލިސް މެޑިކަލް ސާވިސަސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ “ވޯލްޑް ޑޮނޭޝަން ޑޭ” ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ މަގުސަދަކީ ފުލުހުންގެ މެދުގައި އިޖުތިމާއި ރޫހު އާލާކޮށް މުޖުތަމައުގައި ލޭ ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަދި ހާއްސަ ގޮތެއްގައި ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖް ހިޔާގައި މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ ފުލުހުން ބައިވެރިވިއެވެ.




