ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު، އެ މަގާމުން ވަކިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ މަގާމަށް މަހީރާ އައްޔަން ކުރެއްވީ އެޕްރީލް 2024 ގައެވެ.
އޮންލައިން ނޫހަކުން ހާމަކޮށްފައިވާ ގޮތުގައި މަހީރާ އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މަހީރާ އެ މަގާމުން ވަކިކުރި ސަބަބެއްް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ. އަދި މިކަމާ ގުޅިގެން ރައީސް އޮފީހުގެ ރަސްމީ ބަހެއް ވެސް ނުލިބެއެވެ.
މަހީރާ އަންގާރަ ދުވަހު މަގާމުން ވަކިކުރައްވާފައިވާއިރު، ހަމަ އެ ދުވަހު ރައީސް ވަނީ ޓްރައިބިއުނަލްގެ ރައީސް ކަމަށް މުސްތަފާ މުހައްމަދު އައްޔަން ކުރައްވާފަ އެވެ. އަމްޖަދު ރައީސްއަކަށް އައްޔަން ކުރުމުގެ ކުރިން، ކުރިން އެ މަގާމުގައި ހުންނެވި އިސްހާގު ހުސައިން ވަނީ އިސްތިއުފާ ދެއްވާފައެވެ.




