ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އޮންނާނީ އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯޓްކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ހީނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ރާއްޖެއިން އަބަދުވެސް ތައްޔާރު ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތު ފެށުނުފަހުން ރާއްޖެއިން ބައިވެރިވި އެކިއެކި ޕްލެޓްފޯމްތަކުގައި އެކަމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް އަޑު އުފުލަމުންދާ ކަމަށެވެ.
“ އަދި އައިސީޖީގައި ހިނގަމުންދާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްހަލްވެ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމުން މި ގެންދަނީ. އަދި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެންހުރި ހުރިހާ މަސައްކަތްތަކެއް ދަނީ ކުރަން. ރާއްޖޭގެ ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކީ ބައިނަލްއަގްވާމީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ހިއެއް ނުވޭ ރާއްޖެއިން ކުރަމުންދާ ވަރަށް އެހެން ގައުމަކުން މަސައްކަތް ކުރަމުންދާހެން.“، ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ. އެއީ ކޮންމެ ފިޔަވަޅެއް ނަމަވެސް އެކަން ކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.




