6 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިގެން މީހުން ސަލާމަތްކުރަން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ”އުރަފާ“ ނަމަކަށްކިޔާ ޑައިވިންގ ދޯނި ފަރަށް އަރާފައިވަނީ ހދ.ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށްކަމަށެވެ.
އަދި އެދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.




