ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ފެހިވިލާގެ / ށ. މާއުނގޫދޫ، މުޙައްމަދު ފާރިޤު (28އ) 25 އަހަރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފިއެވެ.
ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ 2020 ނޮވެމްބަރު 24 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ޖެނުއަރީ 6 ވަނަ ދުވަހުއެވެ.




