ޗާގޯސް އާކިޕެލޯ ރީޖަނަށް ބިންހެލުމެއް މިރޭ އަތުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ އެ ރީޖަނަށް ބިންހެލުމެއް އައިސްފައި ވަނީ މިރޭ 8:00 ހާއިރު ކަމަށެވެ.
އެއީ އައްޑޫއާ 833 ކިލޯމީޓަރު ދުރަށް އައި ބިންހެލުމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން އިިތުރަށް ބުނިގޮތުގައި މި ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތެވެ.




