ފިޝަރީޒް މިނިސްޓްރީއިން، ބައިނަލް އަގުވާމީ ކަނޑު ދުވަހުގެ މުނާސަބަތުގައި ބާއްވާ ބޮޑު މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
ދުނިޔޭގެ ކަނޑުތަކާބެހޭ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ އަށްވަނަ ދުވަހެވެ.
ފިޝަރީޒް މިނިސްޓްރީގެ ރަސްމީ އެކްސްޕޯސްޓެެއްގައި، ބުނީ އެ މިނިސްޓްރީން ބާއްވާ މުބާރާތަކީ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކަށް ވެސް ހުޅުވާލާފައިވާ މުބާރާތެކެވެ.
ޕޯސްޓުގައި ވަނަތައް ކަނޑައަޅާފައިވާ އިނާމުތައް ވެސް ލިޔެފައިވެ އެވެ.
- އެއްވަނައަށް ދާ ޓީމަކަށް 15،000 ރ.
- ދެވަނަ ހޯދާ ޓީމަކަށް 10،000 ރ.
- ތިންވަނަ ހޯދާ ޓީމަކަށް 7،000 ރ.
- އެންމެ ބަރު މަސް ބާނާ މީހާއަށް 1،000 ރ.
މި މުބާރާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެވެ.


