ވައިގެމަގުން ރާއްޖެ އައި އިންޑިއާ ރައްޔިތެއްގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މަޢުލޫމާތު ދިން ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއިން ރާއްޖެ އައި ފަސިންޖަރެއްގެ އަތުންނެވެ.
އޭނާގެ ލަގެޖް ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މި ތަކެތި ޓެސްޓުކުރުމުން އެއީ ދެ ކިލޯގެ ކެނަބިސްކަން ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައިގައި ކަސްޓަމްސް އިން އިތުރަށް ބުނީ، އެ ތަކެތި އަތުލައިގަތީ އެ ފަސިންޖަރު މަސްތުވާތަކެތި ރައްކާކޮށްގެން އެތެރެކުރާ ކަމަށް ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.


