މާލެއިން 25 އަހަރުގެ ޒުވާން އަންހެން ކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުން އަންނަނީ ގުލްޒާރުގެ / ލ.މުންޑޫ، މަރްޔަމް މާއީ ޖަމީލް (25އ) ކަމަށެވެ.
މަރްޔަމް މާއީ ޖަމީލް މިހާރު ދިރިއުޅެމުން ދަނީ މާލޭގައި ކަމަށާއި، އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ވީމާ، މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.



