މިރޭ މެންދަމުން ފެށިގެން ހެނދުނު 6 ޖެހުމާ ހަމައަށް ހުޅުމާލެ ފޭސް 1 ގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑިދާނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކުންފުނި (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީއިން ބުނިގޮތުގައި، މެންދަމު 12 ޖަހާއިރުން ފެށިގެން ހެނދުނު 6 ޖެހުމާ ދެމެދު ފެނުގެ ހިދުމަތް މެދުކެނޑިދާނެއެވެ. މި ކަން ދިމާވަނީ އެ ސަރަހައްދުގެ ފެނުގެ ނެޓްވޯކް މެއިންޓަނަންސްގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ހިންގުމާ ގުޅިގެންނެވެ.
އަދި މި ދަތިކަން ކުރިމަތިވާނީ ތިރީގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން، ގިނިމާ ހިނގުމުގައި ހިމެނޭ ގޭބީސީތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުންވަނީ މައާފަަށް އެދިފައެވެ.



