މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަމާއި ޓްރެފިކް ގަވާއިދުތަކަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްޑަބްލިޔުއެސްސީއިން ބުނިގޮތުގައި، މި ސެޝަންގެ މައިގަނޑު މަގުސަދަކީ ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމުގެ އާދަތައް އަށަގެންނެވުމާއި، މަގުމަތީގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ޒިންމާދާރުކަމާއެކު މަގު ބޭނުންކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ.
އެމްޑަބްލިޔުއެސްސީން ހާމަކުރި ގޮތުގައި މިފަދަ ހަރަކާތްތަކުގެ ޒަރީއާއިން ކުންފުނީގެ މުވައްޒަފުންގެ މެދުގައި ރައްކާތެރިކަމުގެ ހަރުދަނާ ސަގާފަތެއް ކުރިއެރުވުމަށް އަބަދުވެސް މަސައްކަތްކުރަމުންދާނެއެވެ.
އަދި އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކޮންމެ ދަތުރަކީވެސް ރައްކާތެރި ދަތުރަކަށް ހެދުމަށް އެ ކުންފުނިން ވަނީ ބާރުއަޅާފައެވެ.



