ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ ހަވީރު 18:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް ތިން ދުވަހަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށާއި އެގޮތުން ހުޅަނގު މޫސުމާ ގުޅިގެން ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.



