ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިރޭ 23:00 އާއި ހަމައަށެވެ.
މެޓުން ބުނިގޮތުގައި މިވަގުތާއި ހަމައަށް މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށާއި، ވަކިން ޚާއްޞަކޮށް މާދަމާ މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ކުރިން ބުނެފައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މާދަމާ ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި އާންމު ގޮތެއްގައި ހުރިހާ ހިސާބަކަށް ވެސް ވައިބާރުވާނެ ކަމަށް ބުނެފައިވެއެވެ.



