އަމިއްލަ އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، ހުސައިން ޝިރުވާން ނަމަކަށް ކިޔާ މީހަކު 20 އަހަރުގެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޝިރުވާންގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެއީ މީހަކު އޭނާގެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ، މި ކުށުގެ ސަބަބުން ކަނޑައެޅޭ އަދަބެއްގެ ގޮތުން ޤާނޫނުގައިވާ ގޮތުގެ މަތީން 20 އަހަރުގެ މުއްދަތަކަށް އޭނާ ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ ހައްގުތަކާއި މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.



