ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު 25 ފޫޓުގެ ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އޭނާ ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ގާތްގަނޑަކަށް 25 ފޫޓު މަތިން ވެއްޓި އަނިޔާވި މައްސަލަ މިއަދު 15:58 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ފިރިހެނަކަށެވެ. އަދި އެ މީހާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމީހާގެ ހާލު މިވަގުތު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.



