މާލޭގެ ބޭރު ތޮށިގަނޑުމަތީގެ ހިލަތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ، ސްކޭޓް ޕާކާ ދިމާ ތޮށިގަނޑުގެ ހިލަތަކުގެ ދޭތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:16 ހާއިރު ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، ހިލަތަކުގެ ތެރޭގައި ތާށިވެފައިވާ މީހާ ސަލާމަތް ކުރުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ފުލުހުން ގުޅިގެން އެ ސަރަޙައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެމީހާ ސަލާމަތްކުރުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.




